މާރިޗު މަހުން ފެށިގެން ވިސާ އެއްބަސްވުމަށް ޢަމަލުކުރަން ފަށަނީ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 2018 ވަނަ އަހަރު ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ސޮއިކުރައްވައިފައިވާ ވިސާ އެއްބަސްވުމަށް އަންނަ މާރިޗުމަހުގެ 11 ވަނަ ދުވަހުން ފެށިގެން ޢަމަލުރައްވަން ފަށްޓަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ އެއްބަސްވުމަށް ޢަމަލު ކުރައްވަން ފެއްޓެވުމުގެ ކުރިން ދެޤައުމުގެ ސަރުކާރުތަކުން ބަދަލު ކުރަންޖެހޭ ލިޔެކިޔުންތައް ވެސް މިއަދުވަނީ ބަދަލުކުރައްވައި ފައިކަމަށެވެ.

މިއީ ދެޤައުމުގެ ރައްޔިތުން އެއްޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް ދެޤައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމެކެވެ. ދިވެހިސަރުކާރުން ކުރިން ވިދާޅުވެފައިވަނީ އިންޑީއާއަށް ދަތުރު ކުރުމަށް ދިވެހިންނަށް އެޤައުމުންދޭނީ ޤައުމަކަށް ދޭނެ އެންމެބޮޑު ލުއި ކަމަށެވެ.

މި އެއްސްވުމުގެ ސަބަބުން ބޭސްފަރުވާއާއި، ފަޓުރުވެރިކަމާއި، ކިޔެވުމާއި، ވިޔަފާރި ފަދަ ބޭނުންތަކަށް އިންޑިއާއަށް ދަތުރު ކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިންޑިއާއަކީ ތަފާތު ބޭނުންތަކަށް ދިވެހީން އެންމެގިނައިން ގޮސް އުޅޭ ޤައުމެވެ. ގިނަ ޢަދަދެއްގެ ދިވެހީން މިހާރުވެސް އިންޑިއާގައި ވަޒަންވެރިވެ ދިރިއުޅެމުން ދެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.