ވެލިދޫ އައިލެންޑް ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

އަރިއަތޮޅު އުތުރުބުރީ ވެލިދޫ އައިލެންޑް ރިސޯޓަށް އައިސް އުޅުނު އޮސްޓްރޭލިއާގެ ފަތުރުވެރިއަކު މޫދަށް ފައިބައި އުޅނިކޮށް ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިޙާދިސާގައި މަރުވެފައިވަނީ ޢުމުރުން 78 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހަވީރު 4:49 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިސޯޓުތަކުގައި މޫދަށް އެރިއުޅޭއިރު ގެނބިގެން މަރުވާ ފަތުރުވެރިންގެ ޢަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ފާއިތުވި މަހެއްހާ ދުވަސްތެރޭގައި ވެސް މިފަދަ ޙާދިސާތައް ވަނީ ހިނގައިފައެވެ. މިފަދަ ކަން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް ކުރަންޖެހޭ ކަންކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކުން ގެންދަނީ މަޝްވަރާ ކުރައްވަމުނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.