ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫގައި ހުޅުވައިފި

ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫގައި މިއަދު ހުޅުވައިފިއެވެ. އެތަން ހުޅުވައިފައިވަނީ ބީއެމްއެލްގެ ސ. ހިތަދޫ ބްރާންޗު ހިންގާ ޢިމާރާތުގައެވެ.

މި ސެންޓަރ ހުޅުވައި ދެއްވީ ބީއެމްއެލްގެ ޑެޕިޔުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީނެވެ. ބީއެމްއެލްއިން ވިދާޅުވީ ކައިރި މުސްތަޤުބަލެއްގައި މިފަދަ ސެންޓަރުތައް މާލެއާއި، ހުޅުމާލެއާއި، ކުޅުދުއްފުށީގައި ހުޅުވުމަށްވަނީ ނިންމަފައި ކަމަށެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ހުޅުވި ސެންޓަރެކެވެ.

އައްޑޫގައި މިއަދު ހުޅުވި ސެންޓަރުގެ ޚިދުމަތް މާދަމާއިން ފެށިގެން ލިބޭނެއެވެ. ބިޒްނަސް ސެންޓަރުން ވިޔަފާރިވެރިންނަށް ބޭނުންވާ ހުރިހާ އިރުޝާދުތަކެއް ލިބިގެންދާނެއެވެ.

ބޭންކުން ވިދަޅުވީ އެ ސެންތަރުގައި ތިބޭނީ އެކަމަށް "އެކްސްޕާޓް" ކުދިން ކަމަށެވެ. އެތަނަށްގޮސް އެކުދިންނާ ވާހަކަ ދެއްކުމުން ބޭންކުގައިހުރި ޙައްލުތައް ކިޔައިދޭނެ ކަމަށް ވެސް ބޭންކުން ވިދާޅުވިއެވެ.

"މި ސެންޓަރުގެ ސަބަބުން ވިޔަފާރި ވެރިންނަށް ހުރި ފަސޭހައަކީ އެބޭފުޅުން ޑައިރެކްޓްކޮށް ވިޔަފާރިތަކާ ބެހޭ މަޢުލޫމާތާއި، ވިޔަފާރި ޕްރޮޑަކްޓްސްތަކާ ބެހޭ މަޢުލޫމާތު ހޯދަން މިދެވެނީ ސީދާ އެކަމުގެ މަޢުލޫމާތުހުރި އެކްސްޕާޓް ކުދިން ގާތަށް. އެބޭފުޅެއްގެ ވާހަކަތައް އަޑުއަހާފައި އެކުދިން ކިޔާދޭނެ އެކަމުގައި ބޭންކުގައިހުރި އެންމެ ރަނގަޅު ޙައްލުތައް،" ބީއެމްއެލްގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

އޭގެ އިތުރަށް ވެސް ވިޔަފާރިއާބެހޭ މަޢުލޫމާތު އެތަނުން ޙިއްސާކޮށްދެއްވާނެއެވެ. މިތަން ހުޅުވުމުން ވިޔަފާރިއާ ގުޅޭ ހުރިހާ ޚިދުމަތެއް ބޭންކުން ދޭނީއެތަން މެދުވެރިކޮށެވެ.

މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޢާއިޝަތު ނޫރައްދީން ވިދާޅުވީ އައްޑޫސިޓީއަކީ ރާއްޖޭގެ އިޤްތިސާދުގައި މުހިންމު ސިޓީއެއް ކަމަށާއި އެފަދަ ސިޓީއެއްގައި ބިޒްނަސް ސެންޓު ހުޅުވުމުން އުފާ ކުރައްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.