އިންޑިއާ ސަރުކާރުން ރާއްޖޭގައި އޮޕަރޭޓްކުރަމުން ގެންދާ 2 ހެލިކޮޕްޓަރު ދުއްވުމާއި އޭގެ ޓެކްނިކަލް އެހެން މަސައްކަތްތައް ބެލެހެއްޓުމަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ އިންޑިއާ ސިފައިން ބޭލުމުގެ ޤައުމީ ޙަރަކާތެއް ފަށަން ނިންމައި އެކަކުގެ މަޝްވަރާތައް އާދީއްތަ ދުވަހުގެރޭ ފަށައިފިއެވެ.
އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ބޭއްވީ ދަރުބާރުގޭ ބިއްލޫރި މާލަމުގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރާއި، ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙަސަން މަނިކާއި، ޑީއާރުޕީގެ ލީޑަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި، ނެޝަނަލް ރިފޯމް ޕާޓީގެ މުޙައްމަދު ދީދީއާއި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އިތުރު ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މިބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތަފްސީލެއް ނުލިބުނެވެ. އެއީ ނޫސްވެރިން ނުވައްދައި ބޭއްވި ބައްދަލުވުމެކެވެ. މީގެ އިތުރު ބައްދަލުވުން ކުރިއަށްއޮތްތާގައި ކުރިއަށް ދާނެ އެވެ.
މިހާރުވަނީ މިޙަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ހުޅުވައިފައެވެ. "އިންޑިއާ ސިފައިން ރާއްޖެއަށް ބޭލުމަށް ހިނގާ ޤައުމީ ޙަރަކާތް" ނަމުގައި ވަނީ ފޯމެއް ވެސް ތަޢާރަފް ކޮށްފައެވެ. އެ ފޯމް ފުރައި ހުށަހެޅުމުން ޙަރަކާތުގައި ބައިވެރިވެވޭނެއެވެ.
މި ޙަރަކާތުގައި ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ލިޔުންތައް ބެހުމާއި، ގޭގެއަށް ޒިޔާރަތްކުރުމާއި، މަގުމަތީގައި ފޮއްޗާއި ޕޯސްޓަރު ހިއްޕުމާއި، ސޯޝަލް މީޑިއާގެ ޙަރަކާތް ހިންގުން ފަދަ ކަންކަން ހިމެނެއެވެ.
މިޙަރަކާތުގައި އިސްވެ އުޅުއްވާ ޢުމަރު ނަސީރު ވިދާޅުވީ އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ތިބުމަކުން ކަންބޮޑު ނުވާކަމަށެވެ. ކަންބޮޑުވަނީ އެތައް ދުވަހެއް ވެގެންދިޔައިރު ވެސް އެކަމަށް ދިވެހީން ތަމްރީން ކުރުމެއްނެތި މުޅިން ވެސް އިންޑިއާ ސިފައިން ތިބުން ކަމަށެވެ. "އަޅުގަނޑުމެން މިގޮވާލަނީ ދިވެހިންނޭ އެކަން ކުރަންތިބެންވާނީ، އިންޑިއާ ސިފައިންނެއް ނޫނެ،" ޢުމަރު ވިދާޅުވިއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބުމަކީ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
Raajjeyga thibi beyru meehun,haasakoh bangaalheen beyrukurumah umaru naseeru ah havaalu kurumah govaalan. Eyna ah ekan kurevidhaane.
Moya bolah araagen ulhey Umar eh thee
ރަގަޅު ކަމެއް. ޤައުމީ ޖިހާދެއް.
އަޅުގަނޑު ވަރަށް ތާއީދު ކުރާ ކަމެއް.
Thi helikoptar dhuhvaane fenvaryge meehaku rahjjeyga nethun hithaamayaki, india sifain ekohdhehvaa bura masahkathuge sababun ethah baehge furaana salaamaiy kurevihjje
Alhamdulillaahi avaskurey avaskurey.