ހުޅުދުއްފާރަށް 400 ކިލޯވޯޓްގެ ޖަނަރޭޓަރެއް ފޮނުވައިފި

ރ. ހުޅުދުއްފާރަށް 400 ކިލޯވޯޓުގެ ޖަނަރޭޓަރެއް މިއަދު ފޮނުވައިފިއެވެ. ފެނަކަކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވީ މިއީ އެރަށުގައި ބޭނުން ކުރަމުންދާ 3 ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯވޯޓުގެ ޖަނަރޭޓަރަށް މައްސަލަ ދިމާވުމުން އެރަށުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނަނުދީ ދިނުމަށް ފޮނުވި ޖަނަރޭޓެއް ކަމަށެވެ.

ފެނަކައިން ވިދާޅުވީ މިހާރުވަނީ އެ އިންޖީން އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ. ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަށް ޖަނަރޭޓަރު އިންސްޓޯލް ކުރުމަށްފަހު ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި މައްސަލަ ޙައްލުވެ އެރަށުގެ ކަރަންޓު ޢާއްމު ޙާލަތަށް އަންނާނެ ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައިން ޚިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިޔުމުގެ މަސައްކަތް އެކުންފުނިން ގެންދަނީ ކުރަމުންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.