ހޮރައިޒަން ފިޝަރީޒް ކޮމްޕެނީގެ160000 ރުފިޔާގެ ޗެކަކާއި އިތުރު ލިޔެކިޔުންތަކެއް ހުރި ލެޕްޓޮޕް ދަބަހެއް މިއަދު ފޭރިގެންފިއެވެ.
ފުލުހުން ވިދާޅުވީ މިޙާދިސާގައި ހިނގާފައިވަނީ މިއަދު ހެނދުނު 10:45 އެހައިކަންހާއިރު ކަމަށެވެ. އެ ފައިސާ ފޭރިގެންފައިވަނީ ފިޔާތޮށި މަގުން ޒިޔާރަތް މިސްކިތް ކައިރިންނެވެ. އެ ދަބަސް ހިފައިގެން ދިޔައީ ހޮރައިޒަން ފިޝަރީޒް ކޮމްޕެނީގެ މުވައްޒަފެކެވެ. އޭގައި އޮތް ޗެކަކީ ބޭންކަށް ޖަމާކުރަން ގެންދިޔަ ޗެކެކެވެ. މި މައްސަލާގައި އަދި މީހަކު ބަންދުކޮށްފައެއް ނުވެއެވެ. އެހެނަމަވެސް މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކުންފުނިތަކުން ގިނަ ޢަދެއްގެ ފައިސާ އެއްތަނުން އަނެއްތަނުން އުފުލާއިރު ފުލުހުންގެ މަދަދު ހޯދުމަށް ވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވައިފައެވެ.