މުލިއާގޭގެ ކުރީގެ ޗީފްއޮފް ސްޓާފް ބަންދުކޮށްފި

ރިޔާސީ ގަނޑުވަރު މުލިއާގޭގެ ކުރީގެ ޗީފްއޮފް ސްޓާފް ބ. ތުޅާދޫ، ވިންޓަރހައުސް، އަޙުމަދު މުސްތަފާ މުޙައްމަދު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ބަންދުކުރީ މިއަދު 16:00 ގައި ކަމަށެވެ. އޭނާ ބަންދުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އޭނާ ބަންދު ކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން ވިދާޅުވީ އޭނާވަނީ ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފާފައި ކަމަށެވެ. އަދި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތު ވެސް ފުލުހުން ވަނީ އޭނާއަށް ކޮށްފައެވެ.

އޭގެ އިތުރަށް އެ މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި ހެކިންނަށް ބިރުދައްކަމުންދާ ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ފުލުހުން ކުރެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.