ޑެންގޫއަށް ޕޮޒިޓިވްވި ކުދިންތަކެއް މާލެ ގެންނަނީ

ޑެންގޫއަށް ޕޮޒިޓިވްވި ކުދިން ގޮވައިގެން މާލެ ފުރަނީ: ފޮޓޯ އެމްއެންޑީއެފް

ޑެންގޫއަށް ޕޮޒިޓިވްވި ފ. ފީއަލީ ކުދިންތަކަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ފުރައިފިއެވެ.

އެކުދިން މާލެ ގެންނަނީ އެމްއެންޑީއެފް ކޯސްޓު ގާޑުގެ ސީ އެމްބިއުލާންސްގައެވެ. ފީއަލީން ގެންނަނީ 6 ކުދިންނެވެ. ސީއެމްބިޔުލާންސް ކައިރިކުރާނީ މާލޭ ކޯސްޓްގާޑު ބިލްޑިން ކުރިމައްޗަށެވެ. އެމްއެންޑީއެފުން ވިދާޅުވީ ލަސްތަކެއް ނުވެ ސީ އެމްބިޔުލާންސް ލަފާނެ ކަމަށެވެ.

އެކުދިން މާލެގެނެސް ފަރުވާދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗުގައެވެ. އައިޖީއެމްއެޗުން ވިދާޅުވީ 6 ކުއްޖަކު ގެންނަކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެ ކުރިން އެރަށުން ވަނީ ތިން ކުއްޖަކު ޑެންގޫއަށް ޕޮސިޓިވް ވެފައެވެ. އެކުދިންވެސް ވަނީ މާލޭ ފޮނުވައިފައެވެ. އެކުދިން މާލޭ ފޮނުވައިފައިވަނީ އެރަށުން ދޭނެ އިތުރު ފަރުވާއެއް ނެތުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.