އެގާރަ މީހުންނާއެކު ދަތުރުކުރި ސަފާރީއެއް ފަރަކަށް އަރައިފި

އެގާރަ މީހުންނާއެކު ދަތުރުކުރި ސަފާރީއެއް ގއ. ވިލިގިލީ ކައިރީގައި އޮންނަ ފަޅުރަށެއްގެ ފަރަކަށް އަރައިފިއެވެ.

ސަންސީކަރ ނަމަކަށް ކިޔާ މިސަފާރީ ފަރަށް އަރައިފައިވަނީ މިއަދު އިރުއޮއްސެމުން ދިޔަ ވަގުތުގައެވެ. އެމްއެންޑީއެފުން ވިދާޅުވީ އެއަށް އެހީތެރިވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ސަފާރީ ފުން ކުރުމަށްޓަކައި އޭގެ ވެރިފަރާތުން ވެސް ގެންދަނީ އިތުރު ދޯޏެއްގެ އެހީގައި ސަފާރީ ފުންކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ސަފާރީގައި ތިބީ 3 ދިވެހިންނާއި، 6 ބިދޭސީންނާއި، 2 ފަތުރުވެރިންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.