އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާވި ދެމީހަކަށް ފަރުވާދޭން ފަށައިފި

މިރޭ 9:30 އެހައިކަންހާއިރު މާލޭ، އެސްޓީއޯ ފުށް ގުދަން ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުވީ ދެ ސައިކަލް ކަމަށެވެ. ފުލުހުން ވިދާޅުވީ އަނިޔާވި ދެމީހުންނަށް ވެސް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުން ގެންދާ ކަމަށެވެ.

ދެ މީހުންނަށް ލިބުނު އަނިޔާގެ އެއްވެސް މަޢުލޫމާތެއް އައިޖީއެމްއެޗުން ވެސް އަދި ފުލުހުންގެ ފަރާތުން ވެސް ނުލިބެއެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ދެމީހުން ވެސް ވަނީ ހޭ ނެތިފައި ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.