އައްސޭރި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު ކުއްލިއަކަށް ނިޔާވެއްޖެ

އައްސޭރި ޖަލު

ހިންމަފުށީ އައްސޭރިޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހަކު ކުއްލިއަކަށް މިއަދު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނިޔާވެފައިވަނީ ޢުމުރުން  34 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހަވީރު ކުޅެން ގޮސްފައި އައި މަގުމަތީގައެވެ. ކުޅެން ގޮސްފައި އައިމަގުމަތީގައި އޭނާ ކުއްލިއަކަށް ވެއްޓިގެން ބެލިއިރުވަނީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 6:14 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެ މީހާއާ ބެހޭ އިތުރު މަޢުލޫމާތު ފުލުހުން ހާމައެއް ނުކުރައްވައެވެ.

ރާއްޖޭގައި މިހާރަކަށް އައިސް ކުއްލި މަރުތައް އަންނަނީ އިތުރުވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.