ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ރޮބިންސަން ކްލަބް ރިސޯޓުގެ މޫދަށް އެރި އުޅުނު ޗައިނާގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައިވަނީ ޢުމަރުން 45 އަހަރުގެ މީހެއް ކަމަށެވެ. އޭނާވަނީ އެރިސޯޓު ކައިރީގައި އޮންނަ މަނަދޫ ހެލްތުސެންޓަރަށް ގެންގޮސްފައެވެ. ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް އެތަނުން މަޢުލޫމާތު ދިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މޫދަށް އެރިއުޅުމުގެ ތެރޭގައި މަރުވާ ފަތުރުވެރިންގެ ޢަދަދު މިހާރަކަށް އައިސް ވަނީ އިތުރުވެފައެވެ. މި މައްސަލައަށް ޙައްލެއް ހޯދުމަށް އެމްއެންޑީއެފާއި ފުލުހުން ވަނީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ފަށައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.