ފީނަން ފޭބި ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެ

ފީނަން ފޭބި ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ބ. ތުޅާދޫ، ޔާފިއު ޙުސައިން ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް، އޭނާ ފީނި ބ. އެނބޫދޫ ކައިރީގައި އޮންނަ ރަންގަލި ފަރުކައިރިންނެވެ.

އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ޙަރަކާތެރިވި މީހުންގެ ތެރެއިން ވަކަރު ރިސޯޓުގެ ޑައިވަރުންނަށެވެ. އޭނާ ފެނިފައިވަނީ 30 މީޓަރުގެ އަޑިން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޢުމުރުން 20 އަހަރުގެ ޔާފިއު ގެއްލިގެން އެމްއެންޑީއެފަށް އަންގައިފައިވަނީ މިއަދު މެންދުރުފަހު 3:47 އެހައިކަންހާއިރު އެވެ.

އޭނާގެ ހަށިގަނޑު މިހާރުވަނީ ތުޅާދޫ އަށް ގެންގޮސްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.