އުރީދޫގެ "ވޯރ އޮން ވޭސްޓް" ކެމްޕެއިން އިފްތިތާހު ކޮށްދެއްވައިފި

އުރީދޫ އިން "ވޯރ އޮން ވޭސްޓް" ގެ ނަމުގައި ހިންގާ ތިމާވެށީގެ ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ މިއަދު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ކުރެއްވި ޒިޔާރަތުގައެވެ.

"ވޯރ އޮން ވޭސްޓް" ކެމްޕެއިން ލޯންޗް ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ ދާއިރާގައި އުރީދޫ މޯލްޑިވްސްގެ ހިއްސާ ފާހަގަކުރައްވައި، ރާއްޖޭގެ އިޖުތިމާއީ ކުރިއެރުމަށް އެކުންފުނިން ކޮށްދެމުން ގެންދާ ގިނަގުނަ ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ކުރިއެރުމަށް އުރީދޫ މޯލްޑިވްސް އިން ހިންގަމުންދާ ހަރަކާތްތަކަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތްތަކެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ކުރެއްވި ޒިޔާރަތުގައި، އެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކުންފުނީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.