ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް މޫންކެފޭއަށް ވަދެއްޖެ

އިސްޓާޓު ކޮށްގެން ދުއްވާލަން އުޅުނު ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، މާލޭގެ މޫންކެފޭތެރެއަށް ވަދެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިހާދިގައި ސައިކަލް ދުއްވަންއިނީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަކީ ލައިސަންސް އޮންނަ މީހެކެވެ. މި ހާދިސާގައި އޭނާގެ އަތް ޒަޚަމްވި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އިތުރު މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ސައިކަލަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. އަދި ކެފޭގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިދިޔަ އަހަރުވެސް މިފަދަ ކަމެއް ހިނގާފައިވެއެވެ. ސައިކަލެއް ކޮން ކޮންޓްރޯލް ނުވެގޮސް މަޖީދީމަގުގައި ހުންނަ ރެޑްވޭވް ފިހާރައަށް ވެސް ސައިކަލެއް ވަދެފައިވެއެވެ. އަދި އައްޑޫގައި އަންހެނަކު ދުއްވި ކާރެއް ވަނީ ކޮންޓްރޯލް ނުވެގޮސް ސްޓޭޓް ބޭންކް އޮފް އިންޑީގެ ބިއްލޫރުގައި ޖެހި ބިއްލޫރި ތަޅައިގެން ގޮސްފައެވެ. އެހާދިސާގައި ވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.