ގުރައިދޫ ނެރަށް ގެނބެމުންދިޔަ ދޮށީ ޢުމުގެ މީހަކު ސަލާމަތް ކޮށްފި

ގުރައިދޫ ބަނދަރުގެ އެއްގަމު ތޮށިގަނޑު ރައީސް ބައްލަވާލައްވަނީ

ކޮޅުމަޑުލު (ތ.އަތޮޅު) ގުރައިދު ނެރަށް ގެނބެމުންދިޔަ ދުވަސްވީ މީހަކު ސަލާމަތް ކޮށްފިއެވެ.

މިއަދު މެންދުރުފަހު 2:55 އެހައިކަންހާއިރު ހިނގި މިހާދިސާގައި ސަލާމަތްވެފައިވަނީ ޢުމަރުން 82 އަހަރު މީހެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. އޭމީހާ ސަލާމަތް ކޮށްފައިވަނީ ފުލުހުންނާއި ޢާއްމުގެ ބަޔަކު ގުޅިގެންނެވެ.

އެނާއަށް މިހާރު ގެންދަނީ އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންނެވެ. ޙާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ޙާދިސާ ހިނގީ އެމީހާ ތޮށިގަނޑުމަތިން ހިނގާފައި ދަނިކޮށް ކައްސާލައިގެން ބަނދަރަށް ވެއްޓިގެންނެވެ. އަދި އެވަގުތު އޮއިވަރު ހުރި ގޮތުން ބަނދަރަށް ވަންނަ ނެރާ ދިމާއަށް އެމީހާ ދަމައިގަތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.