ރ. އަތޮޅުގައި އެމްޓީޑީ ވަރުގަދަ ކުރުމަށް ޔާމީން މަޑުވަރީދާއިރާއަށް

ރައްޔިތުންގެ މަޖިލީހުގެ ނ. ވެލިދޫ ދާއިރާގެ މިހާރުގެ މެމްބަރު ޔާމީން ރަޝީދު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރ. މަޑުއްވަރީ ދާއިރާއަށް ކުރިމަތި ލައްވަން ނިންމަވައިފިއެވެ.

އޭނާ އެދާއިރާއަށް ކުރިމަތި ލައްވަނީ މޯލްޑިވްސް ތާޑުވޭ ޑިމޮކްރޭޓްސް(އެމްޓީޑީ)  ގެ ފަރާތުންނެވެ. އެޕާޓީގެ ނަމުގައި އެދާއިރާއަށް ވާދަކުރެއްވުމަށް އޭނާ މިހާރުވަނީ ޓިކެޓު ހޯދަން މަސައްކަތް ފަށައިފައެވެ.

އޭނާ ވިދާޅުވެފައިވަނީ ރ. އަތޮޅަކީ އެމްޓީޑީގެ ވަރުގަދަ ދާއިރާއަކަށް ހައްދަވަން ބޭނުން ކަމަށެވެ. އަދި އެދާއިރާގެ ރަށްތަކަށް ޚިދުމަތްކޮށްދެއްވަންވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މަޑުއްވަރީ ދާއިރާއަށް އޭނާ ކުރިމަތި ލެއްވުމުން އެދާއިރާގެ ފޯރި ގަދަވެގެންދާނެއެވެ. އެއީ އެދާއިރާގެ މިހާރުގެ ވެސް މެމްބަރު މުޙައްމަދު އަމީތާއި، ކުރީގެ ޑިފެންސް މިނސްޓަރު ވެސް އެދާއިރާއަށް ކުރިމަތި ލައްވައިފައިވާތީއެވެ. އަމީތު މިފަހަރު އެދާއިރާއަށް ކުރިމަތިލެއްވީ ޖުމްހޫރީ ޕާޓީންނެވެ. ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ކުރިމަތި ލެއްވީ ކޮންގްރެސް ޕާޓީގެ ފަރާތުންނެވެ. މިދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އާދަމް ޝިހާމެވެ.

ޔާމީން ވިދާޅުވެފައިވަނީ އެމްޓީޑީގެ ޓިކެޓު ލިބިއްޖެ ކަމަށްވާނަމަ އެހެން ބޭފުޅުންނާ ވާދަކުރައްވައިގެން ގޮނޑި ކާމިޔާބު ކުރުމުގެ އުންމީދު ވަރަށްބޮޑު ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.