ވޯޓާސް ލިސްޓް ޗެކުކޮށް ޝަކުވާ ހުށަހެޅުމަށް އެމްޑީޕީން އިލްތިމާސް ކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެއްވައިފައިވާ މުހުލަތުގެ ކުރިން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅައި ނިންމެވުމަށް އެމްޑީޕީން އިލްތިމާސް ކޮށްފިއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށެހެޅުމަށް އީސީން ދީފައިވާ މުއްދަތު ހަމަވާނީ ފެބުރުއަރީ 9 ގައެވެ. އެއަށްވުރެ ކުރިން ލިސްޓް ޗެކުކޮށް އެއްވެސް މައްސަލައެއް އުޅޭ ކަމަށް ވާނަމަ ޝަކުވާ ހުށަހެޅުމަށް އެމްޑީޕީން އިލްތިމާސް ކުރެއްވިއެވެ.

އެމްޑީޕީގެ ޑެޕިޔުޓީ ސެކްރެޓަރީޖެނެރަލް އަދި އެޖެންޑަރ 19 ގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފް މިއަދު ވިދާޅުވީ ވޯޓާސް ލިސްޓު ބަލައި ޗެކު ކުރުމަކީ ހަމައެކަނި ޕާޓީތަކާއި ކެންޑިޑޭޓުންގެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި ފަރުދީ ޒިންމާ ނަންގަވައި އެމީހަކާއި އެމީހެއްގެ ޢާއިލާގެ މީހުންނާއި ރައްޓެހި ރަޙުމަތެރިންގެ ނަން އޮތްތޯއާއި އޮތިއްޔާ އޮތީ ރަނގަޅަށްތީ ބަލައި ކަށަވަރު ކުރުމަކީ އެންމެން ވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޕްރީލް 6 ވަނަދުވަހު ބާއްވާ އިންތިޚާބުގައި އެމްޑީއަށް މެޖޯރިޓޫ ލިބޭނެ ކަމުގެ ވަރަށްބޮޑު އުންމީދާއި ޔަޤީންކަން ވެސް އެބައޮތް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.