ކެންޑިޑޭޓުންގެ ފޯމުތައް މިހަފްތާ ފަހުކޮޅު އީސީއަށް ހުށަހަޅާނަން: އެމްޑީޕީ

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހަށ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެކަން ހާމަކުރެއްވީ އެޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީޖެނެރަލް އަދި ކެމްޕޭން (އެޖެންޑާ 19) ގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފު މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައެވެ.

އޭނާ ވިދާޅުވީ ކެންޑިޑޭޓުންގެ ފޯމުތައް ކޯޓަށް ހުށަހަޅައި ޤާނޫނީ ކަންކަން 3 ދުވަސް ތެރޭގައި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެއަށްފަހު މިހަފްތާ ފަހުކޮޅު ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހެޅޭނެ ކަމަށެވެ. ކެންޑިޑެސީ ފޯމު ހުށަހެޅުން ވެސް ބާއްވާނީ އެމްޑީޕީން އާންމުކޮށް އެކަންކުރަމުން އަންނަ އުސޫލުން ޚާއްސަ ޙަރަކާތެއްގެ ގޮތުގައެވެ. "އެކަން އަޅުގަނޑުމެންކުރާނީ ވަރަށް ކުލަގަދަކޮށް" އޭނާ ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ މި ހަފްތާ ބުރާސްފަތި ދުވަހު ކެމްޕޭން ޕޯސްޓަރތައް ހަރުކުރުމުގެ ޚާއްސަ ޙަރަކާތެއް ވެސް ބާއްވާނެ ކަމަށެވެ. އެ ޙަރަކާތް މުޅިރާއްޖޭގައި ކުރިއަށް ގެންދާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.