ޙާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަނިކޮށް މީހަކު ނިޔާވެއްޖެ

ލ.ހިތަދޫގެ ދެކުނުން 24 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މާވެހި" ނަމަކަށްކިޔާ ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ނިޔާވެއްޖެއެވެ.

ޢުމުރުން 45 އަހަރުގެ އެމީހާ ނިޔާވިކަން ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ނިޔާވީ ކުއްލި ހާޓުއެޓޭކެއް ޖެހިގެންނެވެ. އެހެންނަމަވެސް އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ ގެންދިޔަ މަގުމަތީގައި ކަމެއް ސިފައިން ވެސް އަދި ހޮސްޕިޓަލުން ވެސް ވިދާޅެއް ނުވެއެވެ.

އެ މީހާގެ ޙާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެރަށް ލިބިފައިވަނީ މިއަދު ހެނދުނު 9:00 އެހައިކަންހާއިރުއެވެ.

"މި ފިރިހެން މީހާ އަވަސް ފަރުވާއަށް ލ.ގަމު ރީޖަނެލް ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީ މިމީހާގެ މެއަށް ތަދެއް އަރައިގެން ނޭވާލުމަށް އުނދަގޫވެ، އެމްއެންޑީއެފްގެ އެހީތެރިކަމަށް އެ ދޯނިން އެދުމުންނެވެ." އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް އެމީހާ ގެންގޮސްފައިވަނީ މިއަދު 11:30 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.