ވިލިމާލެ ސާފުކުރުމުގެ ޕްރޮގްރާމް ނާއިބު ރައީސް ފަށްޓަވައި ދެއްވައިފި

ވިލިމާލެ ސާފުކުރމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިއަދު ފަށްޓަވައި ދެއްވައިފައެވެ. މިއީ "ސާފު ރާއްޖެ-އަހަރެންގެ ޒިންމާ" ގެ ދަށުން ފެށި ހަރަކާތެކެވެ.

މިއަދު ހެނދުނު 8:30 ގައި ފެށި މިޕްރޮގްރާމުގެ ދަށުން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ވިލިމާލެ ޕޮލިސް ސްޓޭޝާނާ ދިމާ ގޮނޑުދޮށެވެ. މިޙަރަކާތުގައި ނާއިބު ރައީސް ފައިސަލް ނަސީމް ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއީ މާލޭސިޓީ ކައުންސިލާއި، ވެމްކޯއާއި، ފުލުހުންނާއި، އަދިވެސް އިތުރު ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.