ކެމްޕޭން "މީތި ސަޅި" ފަށައިފި

ޓްރެފިކަށް މީހުން ހޭލުންތެރި ކުރުވުމަށް މިއަދު ފެށި "މީތި ސަޅި" ޙަރަކާތުގައި މިނިސްޓަރ ޢާއިޝަތު ނަހުލާ ބައިވެރިވެ ވަޑައިގަންނަވަނީ: ފޮޓޯ އަވަސް

މަގުމަތީގައި އެކްސިޑެންޓް ހިންގުން އިތުރުވެ މީހުންގެ ފުރާނައަށް ނުރައްކާ ވަމުންދާތީ ޓްރެފިކަމަށް މީހުން ހޭލުމްތެރި ކުރުވުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ކުރިއަށް ގެންދާ "މީތި ސަޅި" ކެމްޕެއިން މިއަދު ފަށައިފިއެވެ.

ގިނަބަޔަކު ބައިވެރި މި ޙަރަކާތުގައި ކެމްޕޭން ފަށްޓަވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާއެވެ. މި ކޭމްޕޭން ފެށުމުގެ ގޮތުން ވަނީ ސިނަމާލެ ބްރިޖުގެ މާލޭކޮޅުން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކާހަމައަށް ސައިކަލް ބުރެއް ބާއްވައިފައެވެ. އެ ބުރުގައި މިނިސްޓަރ ޢާއިޝާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެކަމަނާ ވަޑައިގެންނެވީ ކާރުކޮޅުގައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ނިންމާފައިވަނީ މުޅިއަހަރަށް ބަހާލައިގެން ޓްރެފިކަށް މީހުން ހޭލުންތެރި ކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށެވެ.

މި ކެމްޕޭން ފަށްޓަވައި ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެކްސިޑެންޓްތައް ހިނގުމުން ކަންތައް ކުރަންވީގޮތް ގިނަމީހުންނަށް ނޭނގޭ ކަމަށެވެ. އެކަމަކު ފަސްޓްއެއިޑު ދޭން ކޮންމެ މީހަކަށް ވެސް އެނގެންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ޓެކްސީ ޑްރައިވަރުންނަށް ފަސްޓްއެއިޑް ދަސްކޮށް ދިނުމުގެ ޙަރަކާތެއްވެސް ސަރުކާރުން މިހާރުވަނީ ފަށްޓަވައި ފައެވެ.

މިނިސްޓަރ ވިދާޅުވީ އެކްސިޑެންޓުތައް މަދުކުރުމަށް ޤާނޫނާއި ޤަވާއިދަށް އެންމެންވެސް ޢަމަލު ކުރަންޖެހޭ ކަމަށެވެ. އަދި ބައެއް ޤަވާޢިދުތައް ބަދަލުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމަށް އެންމެންގެ އެހީތެރިކަމަށް ވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.