އިޖުތިމާޢީ ގުޅުން ބަދަހިވަމުންދާތަން ފެނުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް: ނާއިބު ރައީސް

އިޖުތިމާޢީ ގުޅުން ބަދަހިވަމުންދާތަން ފެނިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި "ޒީރޯ ޕްލާސްޓިކް ރަން" ގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މި ދުވުމުގައި ސިއްޙަތަށާއި ތިމާވެއްޓަށް ފައިދާހުރި ކަންކަން ހިމެނިގެންދިޔަ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ޒީރޯ ޕްލާސްޓިކް ރަންގެ ގޮތުގައި މިއަދު ކުރިއަށްދިޔަ ޕްރޮގްރާމުގައި ޞިއްޙަތަށް ފައިދާކުރަނިވި އެކިކަންތައްތައް ހިމެނިގެންދިޔަކަމީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމެއް. އިޖުތިމާޢީ ގުޅުން ބަދަހިވަމުންދާތަން ފެނިގެން ދިޔުމީ ލިބުނު ވަރަށްބޮޑު އުފަލެއް" ނާއިބު ރައީސްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިއަދުގެ ރަންގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހުޅުމާލޭގައި މިއަދު ހެނދުނު ބޭއްވި މިދުވުން ފުރިހަމަ ކޮށްފައިވަނީ ދުވަމުންދިޔައިރު ފެނުނު ޕްލާސްޓިކްތައް ހޮވައި ކޮތަޅަކަށް ލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.