ފުލުހުން ކަންތައް ކުރާގޮތް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއް: ޗީފް މިނިސްޓަރ

ފުލުހުން ކަންތައް ކުރާގޮތް ބަދަލު ކުރުމަކީ ކޮންމެހެންވެސް ބޭނުންކަމެއްކަމުގައި ޕާކިސްތާން ޕަންޖާބުގެ ޗީފް މިނިސްޓަރ ޢުޘްމާން ބުޒްދާރު ވިދާޅުވެއްޖެއެވެ.

މުލްތާން ޕޮލިސް ޓްރޭނިންގ ސްކޫލުން ތަމްރީނު ކުރެވުނު ފުލުހުންނަށް ސެޓްފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް މިނިސޓަރ ޢުޘްމާން ވިދާޅުވީ  ފުލުހުންގެ ސަގާފަތަށް ބަދަލު ގެނައުމުގެ ގޮތުން ފުލުހުންކަންތައް ކުރާގޮތަށް ބަދަލު ގެނައުމަކީ ކޮންމެހެންވެސް ބޭނުންކަމެއްކަމުގައެވެ.

"ކުށްކުރާ މީހުންނާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރަން ޖެހޭނެ. ހަމައެއާއެކު އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެ ފަދަ އަގެއް ދީގެންވެސް މަސައްކަތް ކުރަންޖެހޭނެ. އެހެނީ އިންސާނުންގެ ފުރާނައަށްވުރެ އަގުބޮޑު އެހެން އެއްވެސް އެއްޗެއް ނެތް." އޭނާ ވިދާޅުވިއެވެ.

"ފުލުހުންނަކީ އިންސާނިއްޔަތަށް ވަރަށް ބޮޑު ޚިދުމަތެއް ކުރާ ބައެއް." ޗީފް މިނިސްޓަރ ވިދާޅުވިއެވެ.

ޕާކިސްތާނުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް ފުލުހުންހިންގާ ހަރަކާތްތަކުގައި ކުށެއް ނެތް އެތައް ސަތޭކަ ބަޔަކު ކޮންމެ އަހަރަކު މަރުގެ ޝިކާރައަކަށް ވެގެންދެއެވެ.

ޗީފް މިނިސްޓަރ ވިދާޅުވި ގޮތުގައި ފުލުހުންނަކީ ހަމައެކަނި ވާޖިބުއަދާކުރުމުގެ ގޮތުން ފޯރިމަރާބައެއްނޫނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.