ބޭނުންވަނީ ރައްޔިތުންގެ ތަޖުރިބާގެ ޢަލީގައި ޚިޔާލު ހޯދަން: ރައީސް

މިރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ދެވަނަ ބައްދަލުވުމުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ: ފޮޓޯ ރައީސް އޮފީސް

ލާމަރުކަޒީ ޤާނޫނު ހެދި ފަހުން ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެ ކަމަށާއި، ސަރުކާރުން މިހާރު ބޭނުންވަނީ ރައްޔިތުންގެ ތަޖުރިބާގެ އަލީގައި، ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދަރުބާރުގޭގައި މިރޭ ބޭއްވި "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވަން ވަޢުދުވެވަޑައިގެންފައިވާ އެއްކަން ކަމަށެވެ.

މިރޭގެ ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ، ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންފުޅުވާ އިސްލާޙުތައް ގެންނެވުމުގައި ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެއްލެވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި، ސަރުކާރުގެ ބައެއްވަޒީރުންނާއި އިސް ބޭފުޅުންނާއި ޢާއްމުން ބައިވެރިވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.