ޒީރޯ ޕްލާސްޓިކް ރަން، މާދަމާ ހެނދުނު

އިންސައިޓް ކޮންސަލްޓެންސީ ސަރވިސަސް (އައިސީއެސް) އިން އިންތިޒާމްކޮށްގެން ބާއްވާ ދުވުން މާދަމާ ހެނދުނު އޮންނާނެއެވެ.

ޒީރޯ ޕްލާސްޓިކް ރަން ނުވަތަ ދުވުން ކުރިއަށްދާނީ މާދަމާ ހެނދުނު 7:30 އިން 10:30 އަށެވެ. ދުވުން ކުރިއަށް ދާނީ ހުޅުމާލޭގައެވެ.

މި ދުވުމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ރައްޔިތުންގެ ސަމާލު ކަމަށް ގެނެސް އެކަމުގެ މަޢޫލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ދުވުމެކެވެ. މި ދުވުމުގެ ސަބަބުން ޙާސިލް ކުރަން ބޭނުންވާ މަޤުސަދު ޙާސިލް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިންތިޒާމް ކުރާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

މިދުވުވުމުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ ޕްލާސްޓިކް ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި ދުވުމުގައި ބައިވެރިވާ މީހުން ދުވުން ފެށުމުގެ ބައިގަޑިއިރު ކުރިން މިނިޓު ކުރިން ހުޅުމާލޭ ސެންޓްރަލް ޕާކަށް ހާޒިރުވުމަށް އިންތިޒާމްކުރާ ފަރާތުން ވަނީ އެދިފައެވެ. މިދުވުން ފުރިހަމަކުރާނީ ދުވަމުންދާއިރު މަގުމަތިން ފެންނަ ޕްލާސްޓިކް ހޮވައި ކޮތަޅަކަށް އަޅަމުންނެވެ. ޕްލާސްޓިކް އަޅާ ކޮތަޅު ދުވަން ދޫކުރާ ކިޓްތެރޭގައި އޮންނާއެވެ.

ސަރުކާރުން ވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ނައްތާ ލުމުގެ ޕްރޮގްރާމެއް ވެސް ފަށައިފައެވެ. އެ ޕްރޮގްރާމުގެ ދަށުން ސަރުކާރުން ގެންދަވަނީ ތަފާތު ޙަރަކާތްތައް ހިންގަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.