އިންޑިއާއަށް ބޭހަށްދާ ދިވެހިންގެ މަދުވެއްޖެ

2812751662_4564672b7c_b

ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު އާދައާޚިލާފަށް ދަށްވެފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ. އިންޑިއާއަކީ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ބޭސްފަރުވާކުރާ ޤައުމެކެވެ. އެހެންކަމުން މެޑިކަލް ޓޫރިޒަމުގެ ނަމުގައި އެޤައުމުންވަނީ މި ކަން އެޤައުމުގެ އިޤްތިސާދަށް ފައިސާވަންނަ ސިނާޢަތަކަށް ހަދާފައެވެ. "އިންޑިއާ މެޑިކަލް ޓޫރިޒަމް އެންޑް ފޯކާސްޓްގެ" ނަމުގައި ދާދިފަހުން ނެރެފައިވާ ރިޕޯޓުގައި ވަނީ ދިވެހިރާއްޖެއަކީ އިންޑިއާއަށް ބޭސްފަރުވާއަށް މީނުން ދަތުރުކުރާ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުންދާ ޤައުމުކަމުގައެވެ.

އެހެންނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ އިޤްތިސާދަށް އައި ކުރިއެރުންތަކާއި، ރާއްޖޭގެ ސިއްޙީ ދާއިރާއަށް އައި ކުރިއެރުންތަކުގެ ނަތީޖާއެއްގެގޮތުން އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހިން ވަރަށްބޮޑަށް މަދުވެފައިވާކަމަށެވެ. އެރިޕޯޓުގައިވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ފަހަކަށްއައިސް އައި ބޮޑެތި ބައެއް ކުރިއެރުންތައް ފާހަގަކޮށްފައެވެ. އޭގެތެރޭގައި ކުރިން ރައްޖެއިން ފަރުވާނުކުރެވޭ ބޮޑެތި ބަލިބައްޔަށް މިޙާރު ފަރުވާކުރެވުމާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރުރަނދަޅުވެ ތަރައްޤީވުން ފާހަގަކޮށްފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.