ދުންފަތުގެ ބާވަތްތައް ޕެކެޓު ކޮށްލޭބަލް ޖެހުމުގެ ގަވާއިދު ރައީސް އިފްތިތާހު ކޮށްދެއްވައިފި

4:36

މިހާރު ކުރިއަށްދަނީ ޝުކުރު ދެންނެވުން. ޝުކުރު ދަންނަވަނީ ގައުމީ ޔުނިވަރުސިޓީގެ ދަރިވަރު އަލީ

4:36

ރައީސްގެ ވާހަކަ ފުޅު ނިންމަވައިފި

4:35

ރައީސް: މިއީ ގަވާއިދަކުން ނުވަތަ ދުންފަތް ޕެކެޓުގައި ތަތްކޮށްލާ ލޭބަލަކުން މިކަން ކޮންޓްރޯލު ނުކުރެވޭނެ. ފަރުދީ ޒިންމާ އަދާކުރަންޖެހޭ. ދުންފަތް ދޫކޮށް ރަނގަޅު ސިއްހަތަކަށް ކޮންމެ މީހަކުވެސް މަރުހަބާ ކިޔަންޖެހޭ.

4:33

ރައީސް: ރާއްޖެއަށް އެތެރެކުރަމުން އައިދުންފަތުގެ ބާވަތްތަކުގައި އިންޒާރުގެ މެސެޖު ލިޔެފައިވަނީ ވަރަށް ފަނޑުކޮށް.

4:32

ރައީސް: ދުންފަތަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރޭ. މިއަދު އެޅި ފިޔަވަޅަކީ ދުންފަތާމެދު ޢާއްމުން ހޭލުންތެރި ކުރުން.

4:26

މި ޕްރޮގްރާމް ފަށްޓަވައި ތަންފީޒު ކުރައްވަން ފެއްޓެވުމަށްފަހު ވަކިވަކިން ދުންފަތުގެ ބާވަތްތައް ނުވިއްކޭނެ. އަދި ލޭބަލް ނުޖަހާ ވެސް ނުވިއްކޭނެ.

4:25

މި ޕްރޮގްރާމް ފަށްޓަވައި ދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ.

4:24

ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާބެހޭ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ފަށައި. މިރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުމްޖުމްހޫރިއްޔާ އާއި ނާއިބު ރައީސް ބައިވެރިވެ ވަޑައިގަންނަވާ. އަދި ހެލްތު މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.