ވ. އަލިމަތާ އުތުރު ކަނޑުއޮޅިއަށް "ނީޓިލަސް 2" ނަމަކަށް ކިޔާ ސަފާރީއަކުން ޑައިވިނަށް ފޭބި ޢުމުރުން 57 އަހަރުގެ ޖަރުމަނު ފަތުރުވެރިޔާ ކަނޑު އަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އޭނާ ފެނިފައިވަނީ ހޯދުމަށް މަސައްކަތް ކުރަމުންދިޔަ އެމްއެންޑީއެފްއާއި އަލިމަތާ ރިސޯޓުގެ ޑައިވަރުންގެ ޓީމް ގުޅިގެން ކުރި މަސައްކަތުންނެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ހަވީރު 4:26 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ޑައިވަރުންގެ ޓީމުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމީހާގެ ހަށިގަނޑު ކަނޑު އަޑިން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މެންދުރު 1:38 ގައެވެ. އެމީހާ ހޯދުމުގެ މަސައްކަތުގައި ފުލުހުން ވެސް ވަނީ ޙަރަކާތްތެރިވެފައެވެ.