91ވަނަ އެކެޑަމީ އެވޯޑްސް އަށް ވާދަކުރާ ފަރާތްތައް އަންގާރަ ދުވަހު ހާމަކޮށްފިއެވެ.
ލިސްޓުގެ އެންމެ ކުރީން ޖާގަ ހޯދާފައިވަނީ ޑައިރެކްތަރ އަލްފޮންސޯ އުފައްދާފައިވާ ނެޓްފްލިކްސް ފިލްމު "ރޯމާ" އާއި ޕީރިއަޑް ޑްރާމާ އެއް ކަމުގައިވާ "ދަ ފޭވަރިޓް" އެވެ. މި ދެ ފިލްމު ވަނީ ދިހަ އެވޯޑަކަށް ނޮމިނޭޓް ވެފައެވެ.
މިއަހަރު އޮސްކާރ އަށް ވާދަ ކުރާ ފިލުތަކުގެ ތެރެއިން ސުޕަރ ހީރޯ ފިލްމެއް ކަމަށްވާ "ބްލެކް ޕެންތަރ" ވަނީ އެންމެ މޮޅޫ ފިލްމަށް ނޮމިނޭޓް ވެފައެވެ. މިއީ އެކެޑަމީ އެވޯޑްސްގެ ތާރީޚުގައި ސުޕަރ ހިރޯ ފިލްމެއް އެންމެ މޮޅު ފިލްމަށް ވާދަ ކުރާ ފުރަތަމަ ފަހަރެވެ. މި ކެޓެގަރީ އަށް ވާދަކުރާ އެހެން ފިލްމުތަކަކީ "ބްލެކްލާންސްމާން"، "ބޮެހެމިއަން ރާފްސޮޑީ"، "ދަ ފޭވަރިޓް"، "ގްރީން ބުކް"، "ރޯމާ"، ""އަ ސްޓަރ އިޒް ބޯން ،ައދި "ވައިސް" އެވެ.
މިއަހަރުގެ އެންމެ މޮޅު ފިލްމަށް މަގްބޫލު ގިނަ ފިލްމުތަކެއް ވާދަ ކުރާ އިރު އިނާމް ގެންދާނީ ކޮން ފިލްމެއްކަން އަންދާސާ ކުރަން ދަތި ކަމަށް ވެއެވެ. އަދި މިއަހަރުގެ ޝޯ ހޯސްޓް ނުވަތަ ހުށަހަޅާނީ ކޮން ފަރާތަކުން ކަމެއްވެސް އެކެޑެމީ އެވޯޑްސް އިން ހާމައެއް ނުކުރެއެވެ. އެހެންކަމުން މިއަހަރުގެ ޝޯ ކުރިއަށްދާނެ ގޮތުގެ މާބޮޑު ތަފްސީލެއް ނޭނެގޭކަމަށް ފިލްމު ރިވިއު ކުރާ ފަރާތްތަކުން ވަނި ބުނެފައެވެ.
އެންމެ މޮޅު އަންހެން ތަރިއަށް "ދަ ވައިފް" ގެ ތަރި ގްލެން ކްލޯސް އާއި "އަ ސްޓަރ އިޒް ބޯން" އިން ލޭޑީ ގާގާ ވަނީ ނޮމިނޭޓް ވެފައެވެ. ކްލޯޒް ވަނީ ގޯލްޑެން ގްލޯބް އެވޯޑްސް އިން އެންމެ މޮޅު އަންހެން ތަރީގެ އިނާމް ގެންގޮސްފައެވެ. މި ދެތަރީންގެ އިތުރުން "ރޯމާ" އިން ޔަލީޒާ އަޕާރޝިއޯ، "ދަ ފޭވަރިޓް" އިން އޮލިވިއާ ކޯލްމެން، އަދި "ކޭން ޔޫ އެވަރ ފޮރގިވް މީ" އިން މެލީސާ މެކާރތީ ވެސް އެންމެ މޮޅު އަންހެން އެކްޓަރަށް ވާދަކުރެއެވެ.
ބެސްޓް ޑޮކިއުމެންޓްރީ ފިލްމަކަށް ސީ.އެން.އެން ގެ "އާރް.ބީ.ޖީ" ވަނީ ހޮވިފައެވެ. އަދި ޖެނިފަރ ހަޑްސަން އާއި ޑިއާން ވޮރެން ކިޔާފަިއވާ އެ ފިލްމުގެ ތީމް ލަވަ، "އައި ވިލް ފައިޓް" އެންމެ މޮޅު ލަވައަށް ނޮމިނޭޓް ވެފައެވެ.
އޮސްކަރ އެވޯޑްސް އަންނަ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު އޭބީސީ އިން ލައިވް ކުރާނެއެވެ.
އޮސްކާރ ލިސްޓު:
އެންމެ މޮޅު ފިލްމު: "ބްލެކް ޕެންތަރ"، "ބްލެކްލާންސްމަން"، "ބޮެހެމިއަން ރާފްސޮޑީ"، "ދަ ފޭވަރިޓް"، "ގްރީން ބުކް"، "ރޯމާ"، "އަ ސްޓަރ އިޒް ބޯން"، "ވައިސް"
އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: އަމީ އެޑަމްސް، "ވައިސް"، މަރީނާ ޑީ ޓާވިރާ، "ރޯމާ"، ރެޖީނާ ކިންގް، "އިފް ބިއޭލް ސްޓްރީޓް ކުޑް ޓޯކް"، އެމާ ސްޓޯން، "ދަ ފޭވަރިޓް"، ރޭޗަލް، ދަ ފޭވަރިޓް"
އެންމެ މޮޅު ސަޕޯޓިން އެކްޓަރ: މަހެރްޝަލާ އަލީ، "ގްރީން ބުކް"، އެޑަމް ޑްރައިވަރ، "ބްލެކްލާންސްމާން"، ސެމް އެލިއަޓް، "އަ ސްޓަރ އިޒް ބޯން"، ރިޗަރޑް އީ. ގްރާންޓް، "ކޭން ޔޫ އެވަރ ފޮގިވް މީ"، ސެމް ރޮކްވެލް، "ވައިސް"
ބޭރު ބަހަކުން އުފައްދާފައިވާ ފިލްމް: "ކެޕަރނައުމް"، "ކޯލްޑް ވޯރ"، "ނެވަރ ލުކް އަވޭ"، "ރޯމާ"، "ޝޮޕްލިފްޓަރސް"
ޑޮކިއުމެންޓްރީ (ކުރު): "ބްލެކް ޝީޕް"، "އެންޑް ގޭމް"، "ލައިފް ބޯޓް"، "އަ ނައިޓް އެޓް ދަ ގާޑްން"، "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް"
ފީޗަރ ޑޮކިއުމެންޓްރީ: "ފްރީ ސޯލޯ"، "ހޭލް ކައުންޓީ ދިސް މޯނިންގ، ދިސް އީވްނިންގ"، "މައިންޑިން ދަ ގެޕް"، "އޮފް ފާދަރސް އެންޑް ސަންސް"، އާރް.ބީ.ޖީ"
އޮރިޖިނަލް ސޯންގް: "އޯލް ދަ ސްޓަރސް" – "ބްލެކް ޕެންތަރ"، "އައި ވިލް ފައިޓް" – އާރް.ބީ.ޖީ"، "ޝެލޯ" – "އަ ސްޓަރ އިޒް ބޯން"، "ދަ ޕްލޭސް ވެއަރ ލޮސްޓް ތިންގްސް ގޯ" – "މޭރީ ޕޮޕިންސް ރިޓަރންސް"، "ވެން އަ ކައު ބޯއި ޓްރޭޑްސް ހިޒް ސްޕަރސް ފޯ ވިންގްސް"- ދަ ބެލެޑް އޮފް ބަސްޓަރ ސްކްރަގްސް"
އެނިމޭޓެޑް ފީޗަރ ފިލްމް: "އިންކްރެޑިބްލްސް 2"، "އައިލް އޮފް ޑޯގްސް"، "މިރާއި"، ރަލްފް ބްރޭކްސް ދި އިންޓަރނެޓް"، "ސޕައިޑަރ-މޭން: އިންޓު ދަ ސްޕައިޑަރ-ވަރސް"
އެޑަޕްޓެޑް ސްކްރީންޕްލޭ: "ދަ ބެލެޑް އޮފް ބަސްޓަރ ސްކަރަގްސް"، ބްލެކްލާންސްމޭން"، ކެން ޔޫ އެވެރ ފޮގިވް މީ"، އިފް ބިއަލް ސްޓްރީޓް ކުޑް ޓޯކް"، "އަ ސްޓަރ އިޒް ބޯން"
އޮރިޖިނަލް ސްކްރީންޕްލޭ: "ފަސްޓް ރިފޯމްޑް"، "ގްރީން ބުކް"، "ރޯމާ"، "ދަ ފޭވަރިޓް"، "ވައިސް"
އެކްޓަރ އިން އަ ލީޑިން ރޯލް: "ކްރިސްޓިއަން ބޭލް، "ވައިސް"، ބްރެޑްލީ ކޫޕަރ، "އަ ސްޓަރ އިސް ބޯން"، ވިލެމް ޑަފޯރް، " އެޓް އެޓަރނިޓީސް ގޭޓް"، ރަމީ މާލިކް، " ބޮހެމިއަން ރާފްސޮޑީ"، ވިގޯ މޯރޓްސީން، "ގްރީން ބުކް"
އެކްޓެރެސް އިން އަ ލީޑިން ރޯލް: ޔަލީޒާ އަޕަރިޝިއޯ: "ރޯމާ"، ގްލެން ކްލޯޒް، "ދަ ވައިފް"، ދަ ލޭޑީ ގާގާ، " އަ ސްޓަރ އިޒް ބޯން"، އޮލިވިއާ ކޯލްމަން، "ދަ ފޭވަރިޓް"، މެލީސާ މެކަރތީ: "ކޭން ޔޫ އެވަރ ފޮގިވް މީ"
ޑައިރެކްޓަރ: ސްޕައިކް ލީ، "ބްލެކްލާންސްމޭން"، ޕަވެލް ޕަވްލިކޯސްކީ، "ކޯލްޑް ވޯރ"، ޔޯރގޯސް ލާންތިމޮސް، "ދަ ފޭވަރިޓް"، އަލްފޮންސޯ ކިއުއޭރޯން، "ރޯމާ"، އެޑަމް މެކޭ، "ވައިސް"
ޕްރޮޑަކްޝަން ޑިޒައިން: "ބްލެކް ޕެންތަރ"، "ދަ ފޭވަރިޓް"، "ފަސްޓް މޭން"، "މޭރީ ޕޮޕިންސް ރިޓަރންސް"، "ރޯމާ"
ސިނެމެޓޯގްރަފީ: "ކޯލްޑް ވޯރ"، "ދަ ފޭވަރިޓް"، "ނެވަރ ލުކް އަވޭ"، "ރޯމާ"، "އަ ސްޓަރ އިޒް ބޯން"،
ކޮސްޓިއުމް ޑިޒައިން: "ބްލެކް ޕެންތަރ"، "ދަ ފޭވަރިޓް"، "މޭރީ ޕޮޕިންސް ރިޓަރންސް"، މޭރީ ކުއީން އޮފް ސްކޮޓްސް"
ސައުނޑް އެޑިޓިން: " އަ ކުއަޔެޓް ޕްލޭސް"، "ބްލެކް ޕެންތަރ"، "ބޮެހެމިއަން ރާފްސޮޑީ"، "ފަސްޓް މޭން"، "ރޯމާ"
ސައުންޑް މިކްސިންގ: "ބެލެކް ޕެންތަރ"، "ބޮހެމިއަން ރފްސޮޑީ"، "ފަސްޓް މޭން"، "ރޯމާ"، " އަ ސްތަރ އިޒް ބޯން"
އެނިމޭޓެޑް ފިލްމް (ކުރު): 'އެނިމަލް ބިހޭވިއަރ"، ބާއޯ"، "ލޭޓް އާފްޓަރނޫން"، "ވަން ސްމޯލް ސްޓެޕް"ަ، "ވީކެންޑްސް"
ލައިވް އެކްޝަން ޝޯޓް ފިލްމު: "ޑިޓެއިންމަންޓް"، ފާއުވޭ"، "މަދަރ"، "ސްކިން"
އޮރިޖިނަލް ސްކޯރ: "ބްލެކް ޕެންތަރ"، "ބްލެކްލާންސްމޭން"، "އިފް ބިއާލް ސްޓްރީޓް ކުޑް ޓޯކް"، އައިލް އޮފް ޑޯގްސް"، "މެރީ ޕޮޕިންސް ރިޓަރންސް"
ވިޜުއަލް އިފެކްޓްސް: "އެވެންޖަރސް: އިންފިނިޓީ ވޯރ"، "ކްރިސްޓޮފަރ ރޮބިން"، "ފަސްޓް މޭން"، "ރެޑީ ޕްލޭޔަރ ވަން"، "ސޯލޯ: އަ ސްޓަރ ވޯރސް ސްޓޯރީ"
ފިލްމް އެޑިޓިންގ: "ބްލެކްލާންސްމޭން"، ބޮހެމިއަން ރާފްސޮޑީ"، "ގްރީން ބުކް"، "ދަ ފޭވަރިޓް"، "ވައިސް"
މޭކަޕް އެންޑް ހެއަރސްޓައިލިންގ: "ބޯދަރ"، "މޭރީ ކުއީން އޮފް ސްކޮޓްސް"، "ވައިސް"