ސައޫދީ އަރަބިއްޔާގައި މުނިފޫހިފިލުވުމުގެ އަހަރު ފަށައިފި

ސައޫދީ ވެރިރަށް ރިޔާޒުގެ ސިނަމާއެއް

2019 ވަނަ އަހަރު ވެގެންދާނީ ސައޫދީ މުނިފޫހިފިލުވުމުގެ އަހަރުކަމުގައެވެ. އެ އަހަރަށްޓަކައި މީގެ ކުރިން ދުވަހަކުވެސް އެގަމުގައި ފެނިފައިނުވާ މިންވަރަށް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގޭނެއެވެ.

ރިޔާޒުގެ ފޯ ސީޒަންސް ހޮޓަލުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޖެނެރަލް އެންޓަޓެއިންމެންޓް އޮތޯރިޖީ (ޖީއީއޭ) ގެ ޗެއާމަން ތުރްކީ ބިން ޢަބްދުލްމުޙްސިން އާލްޝައިޚް ވިދާޅުވިގޮތުގައި މިއަހަރަށް ރޭވިފައިވާ ހަރަކާތްތަކުން ސައޫދީ އަރަބިއްޔާ ދެނިޔޭގެ މުނިފޫހިފިލުވުމުގެ މަންޒިލްތަކުގެ ގަދަ 10 އަށް އަދި އޭޝިޔާގެ މުނިފޫހިފިލުވުމުގެ މަންޒިލްތަކުގެ ގަދަ 4 އަށް އަރާނެއެވެ.

އޭނާ ވިދާޅުވިގޮތުގައި މިކަން ހާސިލުކުރުމަށް ޖީއީއޭއިން ވަނީ އެގައުމުގެ އަދި ބައިނަލްއަގްވާމީ 100 ފަރާތަކާއެކު ކޮންޓްރެކްޓު ހަދާފައެވެ. މުނިފޫހިފިލުވުމުގެ ހަރަކާތައް ހިންގުމަށް ކޮންޓްރެކްޓްގައި ސޮއިކުރި ބައިނަލްއަގްވާމީ ކުންފުނިތަކުގެ ތެރޭގައި ބްރޯޑްވޭ އެންޓަޓެއިންމަންޓް ގުރޫޕާއި، 1001 އިންވެންޝަންސްއާއި، އިޓަލީގެ ބާލިކް ވާލްޑްވައިޓް އެންޓަޓެއިންމެންޓް ޝޯސްއާއި، ޖަޕާނުގެ އެވެކްސް ގްރޫޕާއި،

މީގެ އިތުރަށް ރެސްޓޯރަންޓްތަކަށާއި ކެފޭތަކަށްވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމުގެ ހުއްދަދެވޭނެއެވެ. "މިއަދުން ފެށިގެން ލައިވް ޝޯތަކާއި، މިއުޒިކާއި، ލަވައާއި، ސްޓޭންޑްއަޕް ކޮމެޑީ ޝޯތައް ބޭއްވުމުގެ ހުއްދަ ދޫކުރަންފަށާނެ." ތުރްކީ އާލްޝައިޚް ވިދާޅުވިއެވެ.

ޖީއީއޭގެ ޗެއާމަން އިތުރަށް ހާމަކުރެއްވި ގޮތުގައި މުނިފޫހިފިލުވުމުގެ ހުރިހަ ހަރާތެއްވެސް ހިންގާނީ ސައޫދީ މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުގެ ތެރޭގައެވެ. އަދި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހިންގާނީ ދީރީ ހަރަކާތްތަކެވެ. އޭގެ ތެރޭގައި ރީއްޗަށް ބަންގިގޮވުމުގެ މުބާރާތަކާއި، 5 މިލިއަން ރިޔާލުގެ އިނާމު ހުށަހެޅިފައިވާ ޤުރްއާން މުބާރާތެއް ހިމެނެއެވެ.

2019 ވަނަ އަހަރު ބޭއްވޭ މުނިފޫހިފިލުވުމުގެ އެންމެ މުހިއްމު އެއް ހަރަކާތަކަށް ވާނީ މަޝްހޫރު މީހުންގެ ސްޓެޗޫ އުތުންހަދާ މެޑަމް ޓުސާޑްސް ވޮކްސްވާކްސްގެ މައުރަޒެއް ރިޔާޒާއި ޖިއްދާގައި ބޭއްވުމެވެ. މި މައުރަޒުގައި ފައިސަލް ރަސްގެފާނުގެ ސްޓެޗޫއެއް ދައްކާލުންވެސް އޮންނާނެއެވެ.

ދުނިޔޭގެ މަޝްހޫރު ޗަރުކޭސް ގުރޫޕްތަކުގެ ޝޯތައް ބޭއްވުމުގެ އިތުރަށް ބައިނަލް އަގްވާމީ ފްރެންޗައިޒެއް ކަމުގައި "ދަވޮއިސް" ގެ ސައޫދީ ވާޝަނެއް ބޭއްވުން ވެސް މިއަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

ސައުދީ އަރަބިއްޔާ 'ޒަމާނީކުރުމަށް' ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ހިންގަވާ މަޝްރޫއުގެ ދަށުން ފާއިތުވި އަހަރު އެގައުމުގައި ސިނަމާ ހުޅުވުގެ ހުއްދަވެސް ވަނީ ދީފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Subhaanahllah.giyaamayy v kairivehjje kamuge bodethi alaamayythah mee.thithanves thi halaakuvanee. Hurihaa nubai kanthahthakeh thi huhdha kuranee. Zamaanee kuraniyyey kiyaafa islaam dheen ga haraam kanthahthah fathuraa a kamah hiyy varu dhenee. Enmehaa muslimunge eemaan kann ithuru kohdhehvaa mifadha mududhaaru kanthahthakaa dhurukurahvvaandhey

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.