ހޮނިހިރު ދުވަހު ހުޅުމާލޭގައި ހިނގި ކުއްލިމަރުގެ މައްސަލައާ ގުޅިގެން މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ މުރަކަ، ޢާއިޝަތު ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ބަންދު ކޮށްފައިވަނީ އިއްޔެ ކަމަށެވެ. ފުލުހުން ވިދާޅުވީ ވިޝާމާގެ މަރުގެ މައްސަލައާއި، މާލޭގައި ހިނގި ކުއްލި މަރުގެ މައްސަލައިގެ ތަޙުޤީގުވެސް މިހާރު ކުރިއަށްދާ ކަމަށެވެ. ވިޝާމާ މަރުވި ދުވަހު މާލޭގެ ގެއަކުން ވެސް ފިރިހެނަކު މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ.
އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކުން ހާމަކުރައްވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.