ބުރިޖު ހައިވޭގައި ދުއްވާފައިދިޔަ ކާރެއްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެލިފާނުގެ ޙާދިސާގެ މަޢުލޫމާތު ލިބިގެން ފަޔަރ އެންޑް ރެސްކިޔު ޓީމުން ދިޔައިރު ކާރުގައި ރޯވި އަލިފާން ވަނީ ނިއްވާލައިފައި ކަމަށެވެ.
މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ކާރަށް ކޮންމެވެސް ވަރެއްގެ ގެއްލުންވެފައިވާ ކަމަށާއި އެހެންނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.