ޢިމާރާތަކުން ވެއްޓުނު ބަންގްލަދޭޝްގެ މީހާގެ ޙާލު ރަނގަޅު: އައިޖީއެމްޗު

ޢިމާރާތަކުން އިއްޔެ ވެއްޓިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންދާ ބަންގްލަދޭޝް މީހާގެ ޙާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

"އޭނާގޭ ޙާލު މިހާރު ސްޓޭބަލް" އިތުރު މަޢުލޫމާތު ފަހުން ދެއްވާނެ ކަމަށް އެތަނުން ވިދާޅުވިއެވެ.

ޢުމުރުން 27 އަހަރުގެ އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން ވިދާޅުވެފައިވަނީ އެމީހާގެ ދެއަތް ވަނީ ބިނދިފައި ކަމަށެވެ. އަދި އަތްތިލައިގެ ކަށިކޮޅެއް ބިނދި ބޭރަށް ނުކުމެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އައިޖީއެމްއެޗަށް ބަދަލުކުރީ ބޮލަށް އަނިޔާވެފައިހުރަދާނެ ކަމަށް ބެލުމަށްފަހުއެވެ. އެހެންނަމަވެސް އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން ވިދާޅެއް ނުވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.