ބަންޑުންވި ދޯނީގެ މީހުން މާލެ ގެނެސްފި

މަލޭއިން ގަސްކާނާ ހިފައިގެން ކ. ކާށިދުއަށް ދަތުރުކުރަނިކޮށް ބަންޑުންވި 85 ފޫޓުގެ ދޯންޏެއް ކަމަށް ވާ "ގެޓާނޯ 2" އިން ދަތުރުކުރި މީހުން މާލެ ގެނެސްފިއެވެ.

އެ ދޯނި ބަންޑުންވީ ކ. ގާފަރު ކައިރިއަށެވެ. ބަންޑުން ވުމުން ގާފަރު ކައުންސިލްހެ އެހީއާއެކު އެމީހުންވަނީ ގާފަރަށް ގެންގޮސްފައެވެ. ގާފަރުން މާލެ ގެނެސްފައިވަނީ އެމްއެންޑީއެފް ކޯސްޓުގާޑު ލޯންޗެއްގައެވެ.

އެއިން ދަތުރުކުރީ 4 ބިދޭސީންނާއި ދިވެއްސެކެވެ. މި އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެދޯނި ބަންޑުން ޖަހައިލި ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 14:33 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު  ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކާއެކު ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ދޮށިމޭނާ ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.