އެޗްޑީސީގެ އެމްޑީއަކަށް ސުހައިލް އައްޔަން ކޮށްފި

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ސުހައިލް އަޙްމަދު އައްޔަން ކުރައްވައިފިއެވެ.

ސުހައިލް އެމަގާމަށް އައްޔަން ކުރެއްވިއިރު އޭނާއަކީ ހުޅުމާލެ އެންމެ ފުރަތަމަ ތަރައްގީ ކުރަން ފެށީއްސުރެވެސް އެޗްޑީސީގެ އިސްމަގާމުތަކެއްގައި ހުންނެވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅުވެސް އެޗްޑީސީގެ އެމްޑީއަކީ ސުހައިލެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމުން ސުހައިލް ދުރުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މެދެއްހާ ހިސާބުންނެވެ. ރައީސް ޔާމީންގެ ސަރުކާރު ނިމެމުންދިޔައިރު އެޗްޑީސީން ބުނެފައި ވަނީ އެކުންފުނީގެ ކޭޝްފްލޯ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ ހުޅުމާލެއިން 400 ގޯތިވެސް ދޫކުރަން އުޅުނެވެ. އެޗްޑީސީއަކީ ހުޅުމާލޭގެ ތަރައްގީގެ ހުރިހާ ކަމެއް ރާވައި ހިންގާ އެންމެ އިސްކުންފުންޏެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.