ފޮރިން މިނިސްޓްރީ ހިންގާ ޢިމާރާތް މަރާމާތު ކުރަން ޗައިނާއަށް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގާ ޢިމާރާތް މަރާމާތުކުރުމުގެ އެއްބަސްވުމެއްގައު ރާއްޖެއާއި ޗައިނާއިން ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭއިން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙުމަދު ޚަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ޖަންގް ލިޖޮންގްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މއަޙުމަދު ޚަލީލު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭނެ ރަމްޒެއްކަމުގައި ވިދާޅުވެފައެވެ. އަދި އަބަދުވެސް އެގޮތުގައި ހުންނާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. މި މަސައްކަތް ނިމުމުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދިވެހިންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.