ދިވެހިންގެ އެއްބައިވަންތަކަން ބައިނަލް އަޤުވާމީ ފަރާތްތަކުން ބަލައިގަތީ ނަމޫނާއެއްގެ ގޮތުގައި: ރައީސް

ރާއްޖެއަށް ސުނާމީ އެރިދުވަހު ދިވެހި ދެއްކި އެއްބައިވަންތަކަން ބައިނަލްއަޤުވާމީ ފަރާތްތަކުން ބަލައިގެންފައިވަނީ ނަމޫނާއެއްގެ ގޮތުގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ އެއްބައިވަންކަމުގެ ދުވަސް ފާހަގަކުރަނީ، 26 ޑިސެމްބަރ 2004ގައި، މުޅި ރާއްޖެ ތަޖުރިބާކުރި ސުނާމީގެ ބިރުވެރި ކާރިސާގައި ދިވެހީން ދައްކުވައިދިން އިންސާނިއްޔަތުކަމާ، އެއްބަނޑުއެއްބަފާކަމާ، އެކުވެރިކަމުގެ މަތިވެރި ރޫޙް، ދިރުވައި އާލާކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ސުނާމީ އެރިދުވަހު އެމަނިކުފާނު ހުންނެވީ އުފަން ރަށް ޅ. ހިންނަވަރުގައި ކަމަށެވެ. އެ ޙާދިސާ ކުރިމަތިވިއިރު އަރިހުގައި އެމަނިކުފާނުގެ ދެ ބޭފުޅުން ވެސް ތިއްބެވި ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއްބޭފުޅަކު އެވަގު ހުންނެވީ ގަހެއްގެ ކުރިއަށް އަރައިވަޑައިގެންނެވެ. އަނެއްބޭފުޅާ ހުންނެވީ ފާރުބުރިއެއްގެ މައްޗަށް އަރައިވަޑައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ދުވާފަރުގައި މިހާރު އުޅެނީ ސުނާމީގައި ސުންނާފަތިވި ރ. ކަނދޮޅުދޫ މީހުންނެވެ. ދުވާފަރުވެސް މިހާރު ވަނީ ބިންފުރިފައެވެ. ރައީސް ވިދާޅުވީ ބިންފުރިފައިވުމުން އެރަށުން ފުލެޓާއި ގޯތި ދެވެން ނެތްކަމަށެވެ. އެހެންކަމުން އެރަށަށް ބޭނުންވާ ބިންހިއްކައިގެން އިތުރުކުރުމުގެ މަޝްރޫޢެއް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.