މިއަދު ހެނދުނު މާލެއަށް ކުރިވިއްސާރައިގައި ބޯކޮށްވާރޭވެހި ބައެއްމަގުތަކުގައި ބޮޑުވި ފެން ސިފައިން ނުކުމެ ހިއްކައިފިއެވެ.
ސިފައިން ނުކުމެ ފެން ހިއްކައިފައިވަނީ އައިޖީއެމްއެޗު ސަރަޙައްދާއި، ވެސްޓްޕާކު ހިމެނޭ ސަރަޙައްދާއި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަޙައްދު ތަކުގައި ޕަމްޕް ބަހައްޓައިގެންނެވެ.
އެމަސައްކަތް ފަށައިފައިވަނީ މިއަދު ހެނދުނު 6:30 ގައެވެ. ފެންހިއްކައި ނިމިފައިވަނީ ހެނދުނު 9:30 ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ވަރަށްފަހުން ވެސް މާލޭއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުންތައް ވެފައެވެ.