ޢަބްދުއްރަޙީމަކީ އެހެން ޕާޓީއެއްގެ މެމްބަރަކަށްވުމުން އައުޕާޓީ ހެދުމުގެ ހުއްދަނުދިން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން އަލަށް އުފައްދަވަން ހުށަހެޅުއްވި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނުދެއްވިއެވެ.

އީސީން ހުއްދަ ނުދެއްވީ ޕާޓީ ރަޖިސްޓްރީ ކުރެއްވުމަށް އެދި ހުށަހެޅުއްވި ފޮނަދޫދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުއްރަޙީމަކީ އެހެން ޕާޓީއެއްގެ މެމްބަރަކަށްވާތީއެވެ. އޭނާއަކީ ޕީޕީއެމްގެ މެމްބަރެކެވެ. އަދި އެޕާޓީގެ ނާއިބު ލީޑަރެކެވެ. އީސީން ވިދާޅުވީ އެހެން ޕާޓީއެއްގެ މެމްބަރަކަށް ހުންނަވައިގެން އައުޕާޓީއެއް އުފެއްދުމަށް އެދި ހުށަނެހެޅޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބައެއް ނޫސްތަކަށް މަޢުލޫމާތު ދެއްވައިފައިވާ ގޮތުގައި ޢަބްދުއްރަޙީމް މިހާރުވަނީ ޕީޕީއެމުން ވަކިވެފައެވެ. އެހެންކަމުން އެކަން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް އަންގަވާނެ ކަމަށެވެ. ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރެއްވުމަށްފަހު ޕާޓީއުފެއްދުމަށް އަލުން ހުށަހެޅުއްވުމުން ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.