ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ކަރެކްޝަނަލްސަ ރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ހެންވޭރު މާހިޔަ ޢަބްދުﷲ މުނާޒް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޢަބްދުﷲ މުނާޒް މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.  ޢަބްދުﷲ މުނާޒަކީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި 24 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ޢަބްދުﷲ މުނާޒަކީ ޝަރަފުވެރިކަމާއެކު 2011 ވަނަ އަހަރު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ ބޭފުޅެކެވެ. ރިޓަޔަކުރެއްވި އިރު ހުންނެވީ  ފަރސްޓް ލެފްޓެނަންޓްގެ މަޤާމުގައެވެ. އަދި، 2011 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް އުފެއްދެވުމާ ގުޅިގެން ޢަބްދުﷲ މުނާޒް ވަނީ ސްޕްރިންޓެންޑެންޓްގެ މަޤާމަށް ޢައްޔަންކުރައްވައި ޖަލުގެ އެންމެ އިސްވެރިޔާގެ މަޤާމު އަދާކުރައްވާފައެވެ. ޢަބްދުﷲ މުނާޒަކީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ  ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.