ޕީއެސްއެމްގެ އެމްޑީއަކަށް ޢަލީ ޚާލިދު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަކަށް ޢަލީ ޚާލިދު ހަމަޖައްސަވައިފިއެވެ. އޭނާއަކީ ކުރިން ވެސް ޓީވީއެމްގެ ސީއީއޯއަކަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އޭނާ އެންމެފަހުން ހުންނެވީ ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރެއްގެ މަޤާމުގައެވެ.

ޢަލީ ޚާލިދަކީ މިފްކޯއާއި ވަތަނިއްޔާ (އުރީދޫ) ރާއްޖެއަށް ތަޢާރަފް ކުރުމަށްފަހު އެތަނުގައި ވެސް އިސް މަސްއޫލިއްޔަތުތަކެއް އަދާ ކުރެއްވި ބޭފުޅެކެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވަނީ ޕީއެސްއެމްގެ އެމްޑީއަކަށް އެންމެފަހުން ހުންނެވި އިބްރާހީމް ޚަލީލާއި، ޑެޕިޔުޓީ އެމްޑީއަކަށް ހުންނެވި މުޙައްމަދު އިކްރާމް މަޤާމުން ވަކިކުރައްވައިފައެވެ.

އެ ދެބޭފުޅުން ޕީއެސްއެމް ހިންގާފައިވާގޮތާ ބެހޭގޮތުން ގިނަބަޔަކުވަނީ ފާޑުކިޔައިފައެވެ.

އަލަށް އައްޔަން ކުރެއްވީ އެމްޑީ އަލީ ޚާލިދު ވިދާޅުވީ ޕީއެސްއެމް މިނިވަންތަނެއްގެ ގޮތުގައި ހައްދަވައި އެތަނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހައްދަވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ތިކަހަލަ ފޭލިވެފައިވާމީހކުނޫނީ ނުފެނުނީތަ؟ އަލީއަކީ މިހާތަނަށް ހުރިހާ ތަނަކުން ފޭލިވެފައިވާ ބޮޑު ފޭލިއަރެއް. އޭނަބުނީ އާސަންދައިގެ ޚިދުމަތްވެސް މެދުކަނޑާލައިިފިއޭ. ތިވަރުގެ މީހުންނަށް ތިދިނީ މިހާރުވެސް ވަޅުޖަހާފައޮތް ތަނެއްގެ ވެރިކަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.