ސުނާމީގެ ސަބަބުން އިންޑޮނޭޝިއާގައި 168 މީހުން މަރުވެ 745 މީހުންނަށް އަނިޔާ ވެއްޖެ

ސުނާމީ އަރައި ފަރުބަދަ ގޮވުމުގެ ސަބަބުން އިންޑޮނޭޝިއާގައި 168 މީހުން މަރުވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިއާގެ ސުންދާ ސްޓްރެއިޓަށްް ސުނާމީ އަރައި ބޮޑެތި ގެެއްްލުންތަކެއް ވަނީ ވެފައެވެ.

ސުމާތްރާގެ ދެކުނަށް އެރި ބޮޑު ރާޅާާއެކު އެތައް ސަތޭކަ ޢިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އޭގެ ފަހުން ފަރުބަދައެއްވެސް ގޮވާފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓަރ އޭޖެންސީ އާ ޙަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މި ކާރިސާ ހިނގުމާއެކު ޢިމާރާތްތަކުގެ ދަށުވެފައިތިބި މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިހާތަނަށް 168 މީހުން މަރުވެފައިވާ ކަމަށާއި 745 މީހަކަށް އަނިޔާ ވެފައިވަ ކަމަށް ނެޝެނަލް ޑިޒާސްޓަރ އޭޖެންސީގެ އޮފިޝަލަކާ ޙަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ސަރަޙައްދުން 30 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ސުނާމީ އަރައިގެން އައި އިރު ކޮންސަޓެއް ދޭން ސްޓޭޖެއްގައި އޮތް ބޭންޑެއްގެ މެންބަރުން ރާޅާއެކު ސްޓޭޖުން ދަމައިގަނެ އޯޑިއަންސްގައި ފެންބޮޑުވާ މަންޒަރު ފެންނަ ވީޑިއޯ އެއް އިންޓަނެޓްގައި ދައުރުވާ ވީޑިއޯއަކުން ފެނެއެވެ. މި ބޭންޑަކީ ޕޮޕް ގްރޫޕެއް ކަމުގައިވަ 'ސެވެންޓީން' ކަމަށް ވެއެވެ.

ސުނާމީ އަށްފަހު ނަގާފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި އަތިރި މަތީ ސަރަޙައްދުގައި ގިނަ ގަސްގަހާއި ފުރާޅު ޓިނާއި އަދި ކުނި ވަނީ ގޮނޑުދޮށަށް ލައްގާފައެވެ.

މި ކާރިސާގައި ކާރާއި ކޮންޓެއިނަރުތައް ވެސް ވަނީ 10 މީޓަރަށް ދުރަށް ރާޅާ އެކު ގެންގޮސްފައެވެ. ހޮނިހުރ ދުވަހުގެ ކާރިސާ ހިންގާފައިވާ އިރު ސުނާމީގެ އިންޒާރު ކުރީން ދީފައެއް ނުވެއެވެ. ނަމަވެސް އެދުވަހުގެ ހަވީރު ފަރުބަދަ ގޮވުމގެ ހާދިސާއެއް ހިނގިއެވެ. އެހެން ނަމަވެސް މާ ގިނައިރެއް ނުވެ އެކަން ވަނީ ހުއްޓިފައެވެ. ދެވަނަ ގޮވުމެއް ގޮވާފައިވަނީ ރޭގަނޑު އެވެ. ޢިމާރާތްތައް ވެްޓީ ބޮޑެތި ގެއްލުން ލިބުނީ ދެވަނަ ގޮވުމާ އެކުއެވެ. 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.