އައުސަރުކާރުން ސީޓީކައުންސިލްތަކަށް ބައެއް ބާރުތައް އަލުން ދެއްވުމުން އައްޑޫސިޓީ ކައުންސިލުން ރަށުތެރެއަށް ނުކުމެ މަގުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މީގެ ކުރިން މަގުތައް ބަލަހައްޓަމުން ގެންދިޔައީ ހައުސިން މިނިސްޓްރީންނެވެ. އެދުވަސްވަރު މަގުތައް ނުސާފުވެ ނުބެލެހެއްޓީ ދުއްވާ މީހުންނާއި ޢާއްމުންގެ ޝަކުވާތައް އިތުރުވިއެވެ. އެމަސައްކަތް ސިޓީ ކައުންސިލާ ޙަވާލުވުމުން ފޯރީގައި އެމަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ ސިޓީގައި ތަފާތު ޚިދުމަތް ދިނުމަށް މަގުތައް ކޮންނައިރު އެކަމެއް ކުރުމުގެ ކުރިން ކައުންސިލުން ހުއްދަ ނަގަންޖެހޭ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ ޕޭވްމެންޓުގައު ނައްޓައި މަގުތައް ކޮންނައިރު ފަރުވާކުޑަވެ މަގުތައް ހަލާކުވުން ފަދަ ކަންކަން ދިމާވަމުން ދާތީއެވެ.
މަގުތައް ސާފު ކުރުމުގެ އިތުރުން ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުންދާތީ އެމައްސަލައަށް ވެސް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.