ޖަލުތަކުގެ އޯޑިޓް ކޮމިޝަން އެކުލަވައިލައްވައިފި

ޖަލުތަކުގެ ޙާލަތު ބަލައި އިޞްލާޙު ކުރުމަށްޓަކައި ޖަލުތަކުގެ އޯޑިޓް ކޮމިޝަނެއް ހޯމް މިނިސްޓަރު ޝައިޚް ޢިމްރާން ޢަބްދުﷲ އަންގާރަ ދުވަހު އެކުލަވައިލައްވައިފިއެވެ.

ޖަލުތަކުގެ ކަންކަން އިޞްލާޙުކޮށް ޤައިދީންގެ ޙައްޤުތައް ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވަނީ ކެންޕޭން ދުވަސްވަރު ވިދާޅުވެފައެވެ. ހޯމް މިނިސްޓްރީ އިން އަންގާރަ ދުވަހު ނެރެއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ޖަލުތަކުގެ އޯޑިޓް ހެދުމަކީ ރައީސްގެ ފުރަތަަމަ 100 ދުވަހުގެ ވަޢުދު ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަދު އެކުލަވައިލެއްވި ކޮމެޓީގައި 7 މެންބަރަކު ހިމެނެއެވެ. އެ ހަތް މެންބަރުންނަކީ ސ.ހިތަދޫ ތެވެލި ޑރ. ޢަބްދުﷲ އިސްނީން ސަޢީދާއި. ހުޅުމާލޭ ފްލެޓް 23-3-07 އައްޝައިޚް އަޙްމަދް ޢަބްދުލްކަރީމާއި، މއ.ބޯގަންވިލާ ޝަހިންދާ އިސްމާޢީލް އާއި ރ ކަނދޮޅުދޫ ރިހިތަޅާގޭ އަޙްމަދް މުޙައްމަދު ފުޅާއި، ގ. މާލެހިޔާ-2 އަލްއުސްތާޒާ ޒުލައިޚާ ދާއޫދާއި، އދ. ދަނގެތީ ސާތީ ޝަދިޔާ އާދަމާއި ޏ.ފުވައްމުލަކު މާބުޅާގޭ އާމިނަތު ނާހީން އަޙްމަދް އެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.