ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ސިޓީ ކައުންސިލަށް ބާރުތައް ދެއްވައިފައިވަނީ "މޮހަނަށް އޮޑިދިން އުސޫލުން" ކަމަށް އައްޑޫ ސިޓީގެ ކުރީގެ ޑެޕިޔުޓީ މޭޔަރު ޢަބްދުﷲ ޠައްޔިބު (ޓޮމް) ވިދާޅުވެއްޖެއެވެ.
ފޭސްބުކު ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ އެންމެ ކުޑަމިނުންގޮސް އިސްކުރެއް ގަންނަންޖެހުނަށް މިޖެހެނީ ހައުސިން މިނިސްޓްރީގައި ސަލާން ޖަހަން ކަމަށެވެ. "އައްޑޫ މަގުތައް އިންސާނުން ބޭނުންކުރާ ވަރަށްވުރެ ޙާލަތު ދަށް. އެކްސިޑެންޓެއްވެ މީހެއްގެ ފުރާނަ ދިޔުމުގެ ކުރިން އެކަން ޙައްލުކުރަންޖެހޭ. މާލޭގެ ރައީސަށް މާލޭގައި ތިއްބަވާ މިނިސްޓަރުންނަކަށް އިޙުސާސެއް ނުކުރެވޭނެ. އާޖެންޓު ޙައްލެއް ބޭނުން،" ޓޮމް ވިދާޅުވެފައިވެއެވެ.
ސިޓީ ކައުންސިލްތަކަށް އަލުން ބޭރުދިނުމަކީ މިސަރުކާރުގެ ވަޢުދެކެވެ. އެހެންނަމަވެސް ބާރު ދެއްވިއިރު ދެއްވައިފައިވާ ގޮތާމެދު އައްޑޫ ސިޓީ ކައުންސިލުންވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.