އައްޑޫސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން އެކަމަށް އަދި ޢަމަލީ މަސައްކަތްތަކެއް ފެށިފައިނެތަސް އެކަމުގެ ޕްލޭންތަކާއި ތައްޔާރީތައްވަމުން ގެންދަވާ ކަމަށެވެ.
އައްޑޫސިޓީގެ މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓުމަށް އިތުރު މީހުން ބޭނުންވާތީ ކައުންސިލުންވަނީ މީހުން ހޯދުމަށް އިޢުލާން ވެސް ކުރައްވައިފައެވެ. އެގޮތަށް އިޢުލާން ކުރެއްވީ މިހާރުތިބި މީހުންގެ ޢަދަދު މަދުކަމުންނެވެ.
އައު ސަރުކާރުން ސިޓީ ކައުންސިލްތަކަށް އަލުން ބާރުތައް ދެއްވިއިރު މަގުތައް ބެލެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުންވެސް ވަނީ ސިޓީ ކައުންސިލްތަކާ ޙަވާލު ކުރައްވައިފައެވެ.