އިންޑިއާއި ރާއްޖެއާދެމެދު 4 އެއްބަސްވުމެއްގައި ސޮއިކުރައްވައިފި

އިންޑިއާއި ރާއްޖެއާދެމެދު މުހިންމު  4 އެއްބަސްވުމެއްގައި  ސޮއިކުރައްވައިފި އެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރައްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށްފަހުގައެވެ.

ދެޤައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކަކީ ވިސާގެ ކަންކަން ލުއިފަސޭހަ ކުރުމަށްޓަކައި "އެގްރިމެންޓް އޮން ދަ ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމަންޓްސް" އާއި، ސަޤާފީ ގުޅުން ބަދަހި ކުރުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކަލްޗަރަލް ކޯޕަރޭޝަން" އާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ފޮރ އެސްޓޭބްލިޝިންގ މިއުޗުއަލް ކޯޕަރޭޝަން ޓު އިމްޕްރޫވް ދި އިކޯސިސްޓަމް ފޮރ އެގްރިބިޒްނަސް" އާއި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން "ޖޮއިންޓް ޑެކްލެރޭޝަން އޮފް އިންޓެންޓް އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިންފޯމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީ އެންޑް އިލެކްޓްރޯނިކްސް" އެވެ.

ރައީސް އިބްރާހީމްގެ މިދަތުރުފުޅުގައި ވަނީ އިންޑިއާގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލު ކުރައްވައި އެމީހުންގެ ޙާލުބައްލަވާލައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.