މިއަދު ހެނދުނު މާލޭގައި ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ހިނގި ހާދިސަ ސީރިއަސް މައްސަލއެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ މިއަދު ކުރެއްވީ ޓުވީޓެއްގައެވެ.
މިއަދުގެ ހާދިސާގައި އަނިޔާ ލިބުނު ކުއްޖާ އަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަނގްލަދޭޝްގެ ޑޮކްޓަރެއްގެ ދަރިއެކެވެ. އެ ކުއްޖާ އަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އެކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. އަދި އެކުއްޖާގެ އޮޕަރޭޝާނެއް ކުރުމަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.
މި ހާދިސާ އާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙްވަނީ އެ ޢާއިލާ އަށް ހަމްދަރްދީ ފޮނުއްވާފައެވެ.
މިއަދުގެ ހާދިސާގެ ސީސީޓީވީ ފުޓޭޖް ވަނީ ސޯޝާލްމީޑިއާގައި އާއްމުކޮށްފައެވެ