އިޝާ އަމްބާނީ އަށް ލަތާ މަންގޭޝްކަރްގެ ޚާއްޞަ ހަދިޔާ އެއް

މިދިޔަ ހަފްތާގައި ދުނިޔޭގެ ނުށްތަކުގެ ސުރުޚީތަކުން ޖާގަ ހޯދާފައިވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ކާވެނީގެ ވާހަކައިންނެވެ. އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު، މުކޭޝް އަމްބާނީގެ ދަރިފުޅު އިޝާގެ ކައިވެންޏަކީ އިނގިރޭސި ވަލީ އަޙުދު ޗާލްސް އާއި ޕްރިންސެސް ޑަޔާނާގެ ކައިވެންޏަށް ފަހު ދުނިޔެގައި ކުރެވުނު އެންމެ އަގު ބޮޑު ކާވެނި ކަމަށް މީޑިއާ އިން ވަނީ ރިޕޯޓުކޮށޤފައެވެ. މި އިނގިރޭސި ވަލީ އަޙުދެުގެ ކާވެންޏަށް 130 މިލިއަން ޑޮަލަރު ޚަރަދުކޯށްފައިވާ އިރު އަމްބާނީ ގެ ދަރިފުޅުގެ ކާވެންޏަށް 100 މިލިއަން ޑޮލަރަށް ވުރެ ގިނައިން ޚަރަދުކޮށްފައިވަ ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހަފްތާއަކަށް ދެމިގެން ދިޔަ ކާވެނީގެ ތައްޔާރީ އިޙްތިފާލުތަކަށް ފަހި ކާވެނި ކުރެވުނީ މި މަހުގެ 12ވަނަ ދުވަހުއެވެ. ހިލަރީ ކްލިންޓަން އާއި އެމެރިކގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ގެ އިތުރުން ހައި ޕްރޮފައިލް އެތައް ބަޔަކު ބައިވެރިވި ކާވެނީގެ ރަސްމިއްޔާތުގައި ލެޖެންޑްރީ ލަވަކިޔުންތެރިޔާ ވަނީ އިޝާ އަށް ޚާއްޞަ ހަދިޔާ އެއް ދީފައެވެ. ގުޖްރާތީ އަދި ހިންދޫ ވެޑިކް ސަގާފަތަށް ކުރިއަށް ދިޔަ ރަސްމިއްޔާތުތައް ކުރިއަށް ދިޔަ އިރު ލަތާގެ އަޑުން ރިކޯޑްކޮށްފައިވާ ލަވަޔަކާ އެކު ޚާއްބަ މެސެޖެއްގެ އަޑު ވަނީ އިއްވާފައެވެ.

View this post on Instagram

“In a lovely gesture of love and affection for Isha Ambani and Anand Piramal, living legend Lata Mangeshkarji showered her blessings by recording a beautiful rendition of the Gayatri Mantra, a Ganesh stuti and a special message for the newlyweds in her own voice. The recording was played during the wedding rituals of the couple on 12th December and added to the grace of the occasion. The marriage was conducted as per the Gujarati traditions and the Hindu Vedic Rituals. Lataji has recorded a rendition in her own voice after several years, making this Hindu Vedic invocation to the gods even more special. @pinkvilla ?❤️ . . #ishaambaniwedding #anandpiramal #ishaambani #wedding #rituals #ceremony #pinkvilla

A post shared by Pinkvilla (@pinkvilla) on

މި ލަވަ އިއްވުމުގެ ކުރީން އަމިތާބް ވަނީ ލަވައިގެ ތައާރަފެއް ދީފައެވެ. މި ލަވަ ޚާއްބަވާ ސަބަބަކީ މިއީ އެތަކެއް އަހަރުތަކަކަށް ފަހު އުމުރުން 89 އަހަރުގެ ލަވަކިޔުންތެރިޔާ ރިކޯޑު ކުރި ލަވައަކަށް ވުމުންނެވެ. އަދި މި ލަވަ އާއެކު އަމްބާނީ މުކޭޝް އާއި އަންހެނުން ނީތާ އަށް ވަރަށް ފުން އަސަރު ކުރިކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.